Close

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓުގެ ރަންވޭއާއި ޓާނިން ޕެޑްގެ ސަބްގްރޭޑް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ.

މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންގެ އިތުރުން ސާވިސް ރޯޑު އިމާރާތް ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް ސައިޓު މޮބިލައިޒްކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީ ކޮޅުގައެވެ.

މި އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ލަފާ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top