ތިނަދޫގައި ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާ މީހުންގެ އަދަދު ވަނީ 100 އާ ގާތަށް އަރާފައެވެ. އެ ގޮތުން ޕޮޒިޓިވްވެފައިވާ 76 މީހުން އެރަށުގައި އެބަތިއްބެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ އިން މިއަދު ވަނީ 18 މީހުންގެ ނަތީޖާ ލިބި އޭގެ ތެރެއިން 5 މީހުން ޕޮޒިޓިވްވެފައެވެ.
ތިނަދޫގައި މެއި މަހުގެ 30 ހުން ފެށިގެން އިއްޔެގެ ނިޔަލައް ބަލިން ގިނަބަޔަކު ރަންގަޅުވެ ޕޮޒިޓިވްވި މީހުންގެ އަދަދު ވަރަށްބޮޑަށް ދަށް ކުރެވިފައި ވީނަމަވެސް އިއްޔެ 18 މީހުން ޕޮޒިޓިވްވެ ޖުމްލަ އަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ.
ތިނަދޫގައި މިހާތަނަށް 224 މީހުން ޕޮޒިޓިވްވެފައި ވާއިރު 153 މީހަކުވަނީ ބަލިން ރަނގަޅުވެ ފައެވެ.
މައުލޫމާތު ލިބިފައިވާޮތުގައި އެރަށުގައި 119 ގެއެއް ކަރަންޓީން ކުރެވިފައެވެ. އަދި 245 މީހުން ވަނީ ހޯމް ކަރަންޓީން ކުރެވިފައެވެ.
ރަށުގެ ބަލިހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ރެޕިޑް ރެސްޕޯންސް ޓީމުން ދަނީ ރަށުތެރެ ގައި ރެންޑަމް ސާމްޕަލްތަކެއް ނަގަމުންނެވެ.






