ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގއ.ވިލިނގިލީ ރައްޔިތުން ހިންގި ފަންޑުރައިޒިން އިވެންޓުގައި 29,000 ރުފިޔާ ހޯދައފިއެވެ.
ވިލިނގިލީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި އިވެންޓަކީ ވިލިނގިލީ ޖަމިއްޔާއެއް ކަމުގައިވާ "ސާފު ވިލިނގިލި" އިން އިސްނަގައިގެން ވިލިނގިލި ކައުންސިލާއި ގުޅިގެން "ފަލަސްތީނާއިއެކު ވިލިގިއްލާ" ނަމުގައި އެރަށުގައި ކުރިޔައްދިޔަ އިވެންޓެކެވެ.
މިހާރު މި ފައިސާ ވަނީއިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައި.އޭ.ސީ)ގެ އެކައުންޓަށް ޖަމާކޮށްފައެވެ. "ލޯތްބާއިއެކު 2021" ކެމްޕޭނަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ދެއްވާ ތަރުހީބަށް އައިއޭސީން ވަނީ ޝުކުރު ދަންނަވާފައެވެ.






