Close

ކޮވިޑްގެ ދަތި ދަނޑިވަޅުގައިވެސް ރައީސް މަސައްކަތްކުރައްވަނީ ވައުދުތައް ފުއްދުމަށް: ވިސާމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަނީ ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދެވުމަށް ކަމަށް ލ.ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑްގެ ދަތި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ރައީސް މަސައްކަތްކުރައްވަނީ ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. އަދި މިދަނޑިވަޅުގައި ރައީސް ސޯލިހް ވެފައިވާ ވައުދުތަކާއި ދާއިރާތަކަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާކަމަށް ވިސާމް ވިދާޅުވިއެވެ.

މިހާރު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގައި ރައީސް ނަޝިދަށް ތާއީދުކުރާ ފަރާތްތަކުގެ ތެރޭގައި ވިސާމް ހިމެނެއެވެ. ވިސާމަށް ފާޑުކިޔުން އަމާޒުވެފައިވަނީ ޑިފެންސް ގެ ނައިބު ޒަމީލްގެ މައްސަލަ އިމްތިޔާޒް ކޮމިޓީން ބޭރުކުރުމަށް ވޯޓު ދެއްވުމާގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

1 ކޮމެންޓް

  1. ރަގަޅު ވާހަކައެއް ޜައީސްގެ ކެތްތެރިކަމަށް ތައުރީފުހައްގު . ބޮޑުވަޒީރުގެ އެއްބާރުުލުން ނުލިބޭތީމައްސަލައަކީ. ޢެކޮޅުކޮޅުުން އަރިހުރަހަށް ހަނިއަރިއަށް އިދިކީލަކޮށް ވެރިކަން ކުރުވަން އުޅޭތީ މައްސަލައަކީ.

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top