Close

މިސްކިތްތަށް މަރާމާތު ކުރާނެ ފަންޑު ހުންނަން ވާނެ: ޝަހީމް

މާލޭގެ މިސްކިތްތަށް މަރާމާތު ކުރާނެ ފަންޑު ހުންނަން ވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އެޑްވައިޒަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވަނީ މިސްކިތްތައް މަރާމާތު ކުރުމަށް މާލެ ސިޓީ ކައުންސިލުގައި ފައިސާ ނެތިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް އޭނާގެ ޓުވީޓުގައި ބުނެފައިވެއެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ މިސްކިތް ފަންޑުގައި ފައިސާ ހުންނަންވާނެ ކަމަށެވެ.

“އަދި މިސްކިތްފަންޑު ވަޤުފު ބިލްޑިންގ ދާރުލްއީމާނު ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތް ފަންޑަށް ލިބެންޖެހޭ ރުފިޔާ ކަން ވެސް  ޝަހީމް ފާހަގަ ކުރެއްވިއެވެ.

މިސްކިތްފަންޑުގެ ވަގުފު ބިލްޑިންގ ދާރުލްއީމާނުގެ ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތްތަކުގެ ފައިސާ ކަމަށާއި މި ފައިސާ އިން މިސްކިތްތަށް މަރާމާތު ކޮށް ބެލެހެއްޓުމަށް ބޭނުން ކުރުމަށް ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީ އަށް ވަނީ ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

2 ކޮމެންޓް

  1. ކޮބައިތޯ ޒަކާތު ފަންޑާއި އެހެނިހެން ދީނީ ފަންޑުތަށް. މިސްކިތްތަކަށާއި ﷲގެ ދީނަށް ނަޞްރުދިނުމަށް އެއިން ޚަރަދުނުކޮށް ދައުލަތުގެ އެހެނިހެން ކަންކަމަށް ޚަރަދުކުރުމީ ޚިޔާނާތަކަށް ނުވާނެތޯ!

  2. ޢިސްލާމް ދީނާބެހެ ކަންތަކަން މިސަރުކާރަކު ފާސާއެތް ނުހުނނާނ އެއީމުހިމމުކަމެތނު

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top