ތ. ތިމަރަފުށީގައި ޒަމާނީ ޚިދުމަތްތަކާއެކު ވަރަށް ރަނގަޅު ފެންވަރެއްގައި އަލަށް ތަރައްގީކޮށްފައިވާ ގެސްޓް ހައުސްއެއް ކަމަށްވާ "ސްޓޭ މިކަޑޯ"އިން ފުރަތަމަ ޚިދުމަތް ހޯދި ގެސްޓަކީ ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމުގައި ހިމެނިއްޖެއެވެ.
ރައީސް ޞާލިޙް ވަނީ މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއް ގޮތުގައި ތ. ތިމަރަފުއްޓަށް ވަޑައިގެން ރޭ ތިމަރަފުށީގައި މަޑުކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އެކަމަޑޭޝަނެއްގެ ގޮތުގައި ބޭނުންކުރައްވާފައި ވަނީ އަލަށް އޮޕަރޭޝަންފެށި ތިމަރަފުށީ "ސްޓޭ މިކަޑޯ" ގެސްޓް ހައުސްގައެވެ.
"ސްޓޭ މިކަޑޯ" ގެސްޓް ހައުސް ހިންގާ، ސްޓޭ އައިލެންޑް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަމީން ސަނީ "ދެކުނު"އަށް ވިދާޅުވީ، ރައީސް ޞާލިހަކީ އެ ގެސްޓް ހައުސްއިން ފުރަތަ ޚިދުމަތް ދިން ގެސްޓް ކަމަށެވެ.

ތިމަރަފުށީ "ސްޓޭ މިކަޑޯ" ގެސްޓް ހައުސްއަކީ 12 ރޫމްގެ ގެސްޓް ހައުސްއެކެވެ. މި ގެސްޓް ހައުސްއަކީ އެންމެ ފަހުގެ އާލާތްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ގެސްޓް ހައުސްއެކެވެ.
މިގެސްޓް ހައުސްގައި ރަހަމީރު ބާވަތްތަކުގެ ކެއުންތައް ލިބޭނޭ ރެސްޓޯރެންޓެއްވެސް ހުންނައިރު، ކޮފީގެ އެކި ބާވަތްތައް ލިބޭނޭ ކޮފީ ޝޮޕެއްވެސް ހުރެއެވެ. އަދި ތާޒާކަމާއެކު ދުވަސް ފެށުމަށް ކަސްރަތުކޮށްލާނޭ ފިޓްނަސް ސެންޓަރެއް ވެސް ހުރެއެވެ.
The Stay Mikado is pleased to host HEP @ibusolih as our first guest, during his visit to Thimarafushi on 17/18 August 2021. We are grateful for the trust placed in our team. pic.twitter.com/KJJ3eJGJPj
— Abdulla Riyaz MP (@riyazabdulla) August 18, 2021
މި ގެސްޓް ހައުސްގައި ގެސްޓުންގެ ސޭފްޓީ ކަންކަން ކަށަވަރުކޮށް ދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން ސެކިއުރިޓީ ކެމެރާއާއި، ފަޔަރ އެލާމް ސިސްޓަމްފަދަ ކަންކަން ވަނީ ގާއިމުކޮށްފައެވެ.

ސްޓޭ އައިލެންޑް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަމީން ވިދާޅުވި ގޮތުގައި އެ ތަނުން، ގެސްޓުންނަށް މިއަހަރުގެ ތެރޭގައި ޑައިވިންގއާއި ވޯޓަރ ސްޕޯޓްސް ޚިދުމަތް ތަޢާރަފް ކުރާނެއެވެ.
ތިމަރަފުށީ "ސްޓޭ މިކަޑޯ" ގެސްޓް ހައުސްއަކީ ތ. އަތޮޅުގެ ހިތްގައިމު ކަމުގެ ތެރެއިން ތިމަރަފުށީގެ ހިތްގައިމު ވެށީގައި ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް ފުރިހަމަ ޗޮއިސްއަކަށް ވެގެން ދާނެއެވެ.






