Close

ގައްދޫ މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައި އާރްޑީސީ އިން ނިންމާލައިފި

ގދ.  ގައްދޫ މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމާލައިފި އެވެ..

ގައްދޫ މަގުހެދުމުގެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނީ އެކުންފުނިން ގެންދަނީ ގައްދޫގެ މަސައްކަތް ހަލުވިކަމާއެކު އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން ކަމަށާއި، އެގޮތުން ސައިޑްވޯކް ކޮނެ، ޝަޓަރިންގެ 93 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ކޮންކްރީޓް ކީވޯލްގެ 35 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އާރްޑީސީއިން ބުންޏެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ގައްދޫގެ ރިންގްރޯޑް ހިމެނޭގޮތަށް 6 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގދ.ގައްދޫގައި ހެދުމަށް ހަމަޖެހިފައިވަނީ 6 ކިލޯމީޓަރުގެ މަގެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ގދ. ގައްދޫ ބޮޑެތި މަގުތައް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިމަޝްރޫޢަކީ138,738,153.42 ރުފިޔާއަށެވެ. އެގޮތުން މިމަޝްރޫޢު 510 ދުވަސްތެރޭގައި އާރްޑީސީއިން ނިންމަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top