ގދ ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 2 ގެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ތައްޔާރުވާން ފަށައިފި އެވެ.
ތިނަދު ކައުންސިލުން މިއަދު ވަނީ އެރަށު މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 2 ގެ މަސައްކަތަށް ބޭނުންވާ ސައިޓު މި މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައި އެވެ. މި މަސައްކަތް ކުރުމަށްޓަކައި ސައިޓް ތައްޔާރުކުރުމަށް އާރްޑީސީއަށް ދީފައިވަނީ ތިނަދޫ ހިއްކިބިން ސަރަހައްދުން ބިމެކެވެ.
ތިނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ފޭސް 2ގެ ދަށުން ރަށުގެ ބޮޑު 14 މަގެއް ތަރައްޤީ ކުރާނެ. މިހާރު ކުރިއަށްދަނީ ސަރވޭގެ މަސައްކަތް. މަގު ހެދުމަށް ބޭނުންވާ ސާމާނުތައް ބަހައްޓާ ބިން ތިނަދޫ ކައުންސިލުން މިއަދު ވަނީ އާރްޑީސީއަށް ދީފައި.#ޓީމްއާރްޑީސީ pic.twitter.com/RiacxmGQRR
— Road Development Corporation Ltd (@rdcmaldives) September 2, 2021
މަގު ހެދުމުގެ ދެވަނަ ފިޔަވަހީގައި ތިނަދޫގައި ބޮޑު 14 މަގެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން މި މަގުތަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ފެން ބޮޑުވާ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ލިބޭނެ ގޮތަކަށެވެ.
އާރްޑީސީއިން މިހާރު ކުރިޔަށްދަނީ ތިނަދޫ މަގުހެދުމުގެ މަޝްރޫއުގެ ސަރވޭ މަސައްކަތްތަކެވެ.






