Close

ދެކުނުން ކަނޑައިގެންގޮސްފައިވާ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފަތިތައް އަޅައިފި

ދެކުނުން ކަނޑައިގެންގޮސްފައިވާ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފަތިތައް އަޅައިފި އެވެ.

މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ވަނީ މި ކަނދުފަތި ތަކުގެ މަޢުލޫމާތ ޓުވިޓަރގައި ހިއްސާކުރައްވާފަ އެވެ.

އެގޮތުން މިއަދުވަނީ ގއ.ކޮލަމާފުށީ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް ކޮލަމާފުށީ އިރުހުޅަނގުން 12.5 މޭލު ބޭރުގައި އަޅައިފަ އެވެ. މިއީ، މިކަނދު ކުރިންވެސް އޮތްތަނެވެ. މަސްކަނދުފަތި ތަކަށް ނަންބަރުދޭ އުސޫލުން، މިކަނދުގެ ނަންބަރަކީ #O09D0 އެވެ.

ސ.މަރަދޫ (ވިލިނގިލި ކަނދުފަތި)، ސ.ވިލިނގިލީ އިރުން 15 މޭލު ބޭރުގައި އިއްޔެ ވަނީ ޤާއިމް ކޮށްފަ އެވެ.

މީގެ އިތުރުން ސ. މަރަދޫ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް ސ.ވިލިނގިލީ އިރުން 15 މޭލު ބޭރުގައިވަނީ އަޅައިފަ އެވެ. މިއީ، މަރަދޫ ކަނދު ކުރިންވެސް އޮތްތަނެވެ. މަސްކަނދުފަތި ތަކަށް ނަންބަރުދޭ އައު އުސޫލުން، މިކަނދުގެ ނަންބަރަކީ #R09D01 އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top