Close

ޓްރާންޝިޕްމެންޓާއި ރީއެކްސްޕޯޓަށް ޚާއްސަ ކުންފުންޏެއް އުފައްދަނީ!

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށްދަނީ. ފޮޓޯ:ރައީސް އޮފީސް

ޓްރާންޝިޕްމެންޓާއި ރީއެކްސްޕޯޓަށް ޚާއްސަ ކުންފުުންޏެއް އުފެއްދުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މާލީ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު ކުރެއްވެވި ޓްވީޓެއްގައި މިކަން ވަނީ ހާމަކުރައްވައިފައެވެ.

ވަޒީރު ސަޢީދު ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދީރައްކާތެރިކަން ކަށަވަރުކުރުމާއި،ވެލިއުއެޑްކުރުމާއި،ޓްރާންޝިޕްމަންޓާއި ރިއެކްސްޕޯޓްވިޔަފާރިއަށްޙާއްސަކޮށް %100ދިވެހިކުންފުންޏެއް، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި އުފެއްދެވުމަށް ނިންމެވި ނިންމެވުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާކަމަށެެވެ.

ރައީސް ޑރ މުޢިއްޒު އަލަށް އުފައްދަވަން ނިންމަވާފައިވާ ކުންފުންޏަށް ދީފައިވާ ނަމަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން ކުންފުންޏެވެ.
މި ކުންފުނި ހާއްސަ ކުރެވޭ 3 ކަމެއް ވަޒީރު ސައީދު ކުރެއްވި ޓްވީޓުގައި ި ވަނީ ހާމަކޮށްފައެވެ. އެއީ؛
· އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުން
· ވެލިއު އެޑް ކުރުން
· ޓްރާންސްޝިޕްމެންޓް ނުވަތަ ރީއެކްސްޕޯޓް ވިޔަފާރި

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top